ޑރ. މަރްޔަމް މާރިޔާ

މިނިސްޓަރު މާރިޔާ ތުރުކީއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ތުރުކީއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު މާރިޔާއާއެކު މި ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝަޝީ ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ތުރުކީން ދިން ދައުވަތަަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މިނިސްޓަރުގެ މިދަތުރުގައި ތުރުކީގެ ބައެއް ޔުނިވާސިޓީތަކަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވާސިޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ.

އެގޮތުން ޑރ. މާރިޔާ މިއަދު ވަނީ އޯއެސްޓީއެމް ޓެކްނިކަލް ޔުނިވަސިޓީއަށް ޒިޔާރަތް ކުރައްވާ، އެ ޔުނިވާސިޓީގެ ޗެއާމަން އޮރްހާން އައިޑިންއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިިނިސްޓަރު ވަނީ ތައުލީމީ ގޮތުން ރާއްޖެއަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރައްވާ އެވެ.

މީގެ އިތުރުން މި ދަތުރުގައި މިނިސްޓަރު މާރިޔާ ތުރުކީގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީގެ ދަށުން މަސައްކަތްކުރާ ކޭއޯއެސްޖީއީބީ، މިނިސްޓްރީ އޮފް ކަލްޗަ އެންޑް ޓުއަރިޒަމް، އައުންސިލް އޮފް ހަޔަ އެޑިއުކޭޝަން، އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.