މީރާ

ޖޫންގެ ނިޔަލަށް މީރާއަށް 10 ބިލިއަން ނުލިބި

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 10 ބިލިއަން ރުފިޔާ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ނުލިބި އެބަހުރި ކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

މީރާގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން ނުލިބި ހުރި 10 ބިލިއަން ރުފިޔާގެ ތެރެއިން 5.5 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީ އެވެ.

މީގެ ތެރެއިން 2.4 ބިލިއަން ރުފިޔާއަކީ ޖެނެރަލް ޖީއެސްޓީ އެވެ. ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު އިންކަމް ޓެކްސްގެ ގޮތުގައި 868 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސްގެ ގޮތުގައި 918 މިލިއަން ރުފިޔާ ނުލިބެ އެވެ.

މީރާއިން ހާމަކުރި ގޮތުގައި ޖޫންގެ ނިޔަލަށް ނުލިބިހުރި 10 ބިލިއަން ރުފިޔާގެ ތެރެއިން 4.4 ބިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ޓެކްސް-ނޫން އާމްދަނީ އެވެ.

މީގެ ތެރެއިން 4.2 ބިލިއަން ރުފިޔާއަކީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އެވެ.