ހަބަރު

ކައްދޫގައި ފްލައިން ސްކޫލެއް ހަދާނެ ފަރާތެއް ހޯދަނީ

ކައްދޫ އެއާޕޯޓްގައި ފްލައިން ސްކޫލެއް ހަދާނެ ފަރާތެއް ހޯދަން ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އިން އިއުލާން ކޮށްފި އެވެ.

އެކުންފުނިން މިއަދު ބުނީ ކައްދޫ އެއާޕޯޓް ކޮމްޕެނީ އިން ބުނީ އެކުންފުންޏާއި ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ފުލައިން ސްކޫލެއް ގާއިމުކުރާނެ ފަރާތެއް ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތަކަށް މައުލޫމާތު ދިނުން އަންނަ ހަފްތާ ބުރާސްފަތި ދުވަހު ކައްދޫ އެއާޕޯޓްގެ މާލެ އޮފީހުގައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ފްލައިން ސޫކޫލު އަޅަން ޝައުގުވެރިވާ ފަރާތްތަކުން މިމހު 24 ގެ ކުރިން އަންދާސީހިސާބު ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިއުޑިލިޖެންސް ހަދައިދޭނެ ފަރާތެއް ހޯދުމަށް ވެސް އެކުންފުނިން ވަނީ އިއުލާނުކޮށްފައިވާއިރު ކައްދޫ އެއާޕޯޓަކީ އާމުންނަށްވެސް ބޭނުން ކުރެވޭ އަސްކަރީ އެއާޕޯޓެއް ގޮތުގައި ތަރައްގީ ކުރަން ޑިފެންސް މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.