ފެމިލީ ކޯޓް

އަންހެނުން ވަރިނުކުރަން ވެގެން ފިލި މީހަކު ވައްކަންކޮށްގެން ހައްޔަރުކޮށްފި

އަނބި މީހާ ވަރި ނުކުރަންވެގެން ފިލައިގެން އުޅުނު ދިވެއްސަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ރާއްޖޭގެ ދެކުނުގެ ބޮޑު ރަށަކަށް ނިސްބަތްވާ، އުމުރުން 37 އަހަރުގެ މި މީހާ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާއަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފަ އެވެ.

ރިކޯޑްތަކުން އެނގޭ ގޮތުގައި މި މީހާއަކީ އޭނާ ގާތުން ވަރިވާން އޭނާގެ އަންހެނުން ކޯޓަށް މައްސަލައެއް ހުށަހެޅުމުން ފިލައިގެން އުޅުނު މީހެކެވެ.

މި މީހާ ފިލައިގެން އުޅުމުން ކޯޓުން އަންގައިގެން މި މީހާގެ ފޮޓޯއާއެކު މި މީހާ ހޯދަން ފުލުހުން އާންމު އިއުލާނެއްވެސް ކުރި އެވެ. އެކަމަކު އެ ކައިވެންޏަށް ފަހުން ވީ ގޮތެއް އެނގިފައެއް ނުވެ އެވެ.