ދުނިޔެ

ބަންގުލަދޭޝްގެ ޖަލެއްގައި ބަޑީގެ ހަމަލާތަކެއް

ބަންގުލަދޭޝްގެ ސިޓީއެއް ކަމަށްވާ ޗޮއްޓޮގްރާމްގެ ޖަލެއްގައި ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ބަންގުލަދޭޝްގެ ނޫސްތައް ބުނާ ގޮތުން ޖަލު ބަހަލައްޓާ އޮފިސަރުން ބަޑިޖަހަން ފެށީ ގައިދީންތައް ނުކުމެ އިމާރާތްތެރެއަށް ފެތުރިގަތުމުންނެވެ.

އަދި ޖަލުގެ އިސް އޮފިސަރުންގެ އޮފީސް ކޮޓަރިތަކަށް ވަދެ ބިރުދައްކަން އުޅުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަސްކަރިއްޔާއިން މިހާރު ވަނީ ޖަލަށް ވަދެފަ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން ބަޑީގެ އަޑު އަދިވެސް އިވެ އެވެ.

ޗޮއްޓޮގްރާމްގެ މަރުކަޒީ ޖަލެއްގައި މިކަހަލަ ހާދިސާތަކެއް ހިނގަން މެދުވެރި ސަބަބެއް އަދި ނޭނގެ އެވެ. މި ހާދިސާ ހިނގާފައި މި ވަނީ ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ޝައިޚް ހަސީނާ ވެރިކަމުން އިސްތިއުފާދެއްވައި ފިއްލެވުމާ ގުޅިގެންނެވެ.

އަދި ޝައިޚް ހަސީނާގެ ސަރުކާރުން ކުށްވެރިއެއް ކަމަށް ބުނާ މުހައްމަދު ޔޫނުސް ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގެން ހުރިހާ ޒިންމާތަކެއް ނެންގެވި ފަހުންނެވެ.