ކުޅިވަރު

ޑިލައިޓް، ބަޔާން މިއުނިކް ދޫކޮށް ޔުނައިޓެޑަށް ބަދަލުވެއްޖެ

ޖަރުމަނުގެ ބަޔާން މިއުނިކްގެ ޑިފެންޑަރު ޑިލައިޓް، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.

މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ޑިލައިޓް، ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވެފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ޑިލައިޓް، ގަތުމަށްޓަކައި ބަޔާން މިއުނިކަށް 50 މިލިއަން ޔޫރޯ ދައްކާނެ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

މީގެ އިތުރުން ރޮމާނޯ ބުނެފައިވަނީ ހުރިހާ ކަމެއް ނިމި، ކުޅުންތެރިޔާ މެޑިކަލް ޓެސްޓު ހެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ޔުނައިޓެޑާ އެކު ކޮންޓްރެކްޓުގައި ސޮއިކުރުމަށްވެސް ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޑިލައިޓް އަކީ ނެދަލޭންޑްސްގެ ކުޅުންތެރިޔެކެވެ. އޭނާ މިހާތަނަށް ކުޅެފައިވަނީ އަޔެކްސް އާއި ޔުވެންޓަސްގެ އިތުރުން ބަޔާން މިއުނިކް އަށެވެ. ނަމަވެސް މިހާރު އޭނާ ނިންމާފައިވަނީ ޔުނައިޓެޑަށް ބަދަލުވުމަށެވެ.