ދުނިޔެ

އީލޮން މަސްކަށް އެޑްވައިޒަރުކަން ދޭނަން: ޓްރަމްޕް

އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ އީލޮން މަސްކަށް އޭނާގެ ޚާއްޝަ މުޝީރެއްގެ މަގާމު ދެއްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމް ވިދާޅުވި ގޮތުގައި މަސްކް އަކީ އޭނާގެ ކެބިނެޓް ވަޒީރަކަށް ވެސް ބަރާބަރު ސަޚްސިއްޔަތެކެވެ. މަސްކަށް ވަޒީރުކަން ދެއްވުމަކީ ވެސް އަދި ފަހުން ނިންމިދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ޑޮނަލް ޓްރަމްޕް މީގެކުރިން ވަނީ ރައީސް ކަމުގެ އެއްދައުރު ފުރިހަމަކުރައްވާފަ އެވެ.

އެމެރިކާގައި ރައީސްކަން ކުރައްވާ ކޮންމެ ލީޑަރަކަށް ލިބިވަޑައިގަންނަވަނީ ހަތަރު އަހަރުގެ ދެ ދައުރެވެ. އެއީ މުޅިއެކު އަށް އަހަރެވެ. ގާނޫނީ ހަމަތަކުން ޓްރަމްޕަށް ހަތަރު އަހަރުގެ އެއް ދައުރު އޮތީ ތަނަވަސްވެފަ އެވެ. އެކަމަކު އެއީ އާންމުންގެ ވޯޓަކުންނެވެ.

އީލޮން މަސްކް ވަޒީރެއްގެ މަގާމު އަދި މުޝީރެއްގެ މަގާމު ބޭނުންފުޅު ނުވި ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އޭނާ ވާނީ ސަރުކާގެ ވެރިއަކަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

މަސްކަށް އިޚްތިޔާރުތަކެއް ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ގާނޫނީ ގޮތުން ހުރަހެއް ނެތް ނަމަ މަސްކަކީ ސަރުކާރުގެ ބައިވެެރިއަކަށް ވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕާއި އީލޮން މަސްކް އަކީ ވަރަށް ގާތް ދެ ބޭފުޅުނެވެ. އަދި ވަކިން މިފަހުން -- ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު މަސްކްގެ ތާއީދު ޓްރަމްޕަށް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ ކަމަށާއި އޭނާގެ ކެމްޕޭނަށް ހޭދަކުރައްވާނެ ކަމަށްވެސް މަސްކް ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފަ އެވެ.

މަސްކް ވިދާޅުވި ގޮތުގައި އޭނާގެ ވިޔަފާރީގެ ޕަސެންޓެއް، ޓްރަމްޕްގެ ކެމްޕޭނަށް ހޭދަކުރައްވާނެ އެވެ.