އެމްއެމްއޭ

ދިރާގު ފިންޓެކް ކުންފުންޏަށް އެމްއެމްއޭއިން ލައިސަންސް ދީފި

ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފި އެވެ.

ފިންޓެކް ޕްރައިވެޓް ލިމިޓެޑަކީ ދިރާގުގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫ ކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ދިރާގަށް ދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެމްއެމްއޭ އިން ބުނީ މި ލައިސަންސް ދިނުމާ ގުޅިގެން ދިރާގުން މިހާރު ދެމުންދާ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރާނެ ކަމަށެވެ.

ދިރާގު ޕޭގެ ނަމުގައި ދިރާގުން މިހާރުވެސް ގެންދަނީ ޑިޖިޓަލް ވޮލެޓެއްގެ ހިދުމަތް ދެމުންނެވެ.