ވިޔަފާރި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ކިއޮސްކުތައް ކުއްޔަށް ދެނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ކިއޮސްކުތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 20 ކިއޮސްކު ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ކިއޮސްކުތައް ކުއްޔަށް ނަގަން ޝައުގުވެރިވާ މީހުން ކުރިއަށް އޮތް ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާ ގޮތަށް ވަނީ ނިންމާފަ އެވެ.

ގުރުއަތު ނެގުން އޮންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު 19ވާ ބުރާސްފަތިި ދުވަހުގެ ހެނދުނު 10:00 ގައެވެ.