ކްރިމިނަލް ކޯޓް

މީހެއްގެ އިނގިލި ބުރިކޮށްލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އެވެ.

މި މައްސަލައާއި ގުޅިގެން ތިން މީހަކު އޭރު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. އޭރު ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރުގެ މީހަކުވެސް ހިމެނެ އެވެ.

މި މައްސަލައާއި ގުޅިގެން އިތުރު ދިވެއްސަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފަހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި އަނިޔާ ލިބުނު މީހާގެ އެއް އިނގިލި ވަނީ ބުރިކޮށްލާފަ އެވެ. އެކަން އެނގޭނެ ފޮޓޯތައް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.

އަނިޔާ ލިބުނު މީހާއަކީ ކުށުގެ ތުހުމަތުވާ މީހުންނާ އެކު އެއް ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ރަހީނުކޮށް އަނިޔާ ދިން ސަބަބެއް ސާފެއް ނުވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެންގެ މައްޗަށްވެސް ތުހުމަތު ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ތުހުމަތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910