ކްރިމިނަލް ކޯޓް

ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ބަންދަށް، ކޯޓުން ނިންމީ ދޫކޮށްލަން

އެޕާޓްމެންޓަށް ވަދެ މީހަކަށް އަނިޔާ ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުން
0%
0%
0%

މާލޭގެ ގެއެއްގެ ވެރިމީހާއަށް ބިރުދައްކައި، އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިފައިވަނިކޮށް އެ ހަތަރު މީހުން ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފި އެވެ.

މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލައެއް ފެންމަތިވީ މިދިޔަ ރޯދަ މަހުގެ ތެރޭގައެވެ.

އެ ހަތަރު މީހުން، ގޭގެ ވެރިފަރާތަށް އަނިޔާކުރާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ފުލުހުން ވަނީ އެ ހަތަރު މީހުން ހޯދައި ހައްޔަރުކޮށްފަ އެވެ. އޭގެފަހުން އެ މީހުން ބަންދުކޮށްފައި ތިބިއިރު އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން މިހާރު ދަނީ ތައްޔާރުވަމުން ކަމަށް އެނގިފައިވެ އެވެ.

މާލޭގެ ގެއެއްގެ ވެރިމީހާއަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ކޯޓުގައި އެދުނު ނަމަވެސް އެ ހަތަރު މީހުން ކޯޓުން ދޫކޮށްލީ ގާޒީ އިބްރާހިމް އިހްސާން އެވެ.

އަނިޔާކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން

  • އަލީ ނަވާފު (21 އަހަރު) - ފަޒާ، ތ. ގުރައިދޫ
  • މުހައްމަދު އަޒާން (23 އަހަރު) - ހަވޭލީ، ނ. މަނަދޫ
  • އިބްރާހިމް އަހްނަފް (21 އަހަރު) - އެލަސް، ނ. ވެލިދޫ
  • މުހައްމަދު އަފްލާހު (23 އަހަރު) - ރީތިހިޔާ، އއ. މާޅޮސް

ހަތަރު މީހުން ދޫކޮށްލިއިރު ހުށަހަޅާފައިވާ މައްސަލައިގެ ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ގޭގެ ވެރި މީހާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގައި ގޭގެ ވެރިމީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އެކަކު ހިފަހައްޓައިގެން ހުންނައިރު އިތުރު މީހަކު ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން ފެނެ އެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަންވެސް އުޅެ އެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި އެ ގެއަށް ދިޔައީ އެ ގެ ސާފު ކުރަން ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.

ހަތަރު މީހުންގެ ބަންދު އަމުރު ރިޕޯޓުގައި އެ މީހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ މީހުން އެ ތަނަށް ދިޔައީ އެއީ ރައްޓެއްސަކު ހިފާފައިވާ ތަނަކަށްވާތީ އެތަން ސާފުކޮށްދިނުމަށެވެ. އެތަނަށް ދިޔައީ ފައިސާ ލިބޭ ގޮތަށް އެތަން ސާފުކުރަން ކަމަށާއި އެއްވެސް އެއްޗަކަށްވެސް ގެއްލުން ދީފައި ނުވާނެ ކަމަށް އެ މީހުންނާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910