ދުނިޔެ

ޓެލެގްރާމްގެ ބާނީ ޑުރޯފް ފަރަންސޭސިވިލާތުގައި ހައްޔަރުކޮށްފި

ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ޑުރޯފް -- ފަރަންސޭސި ފުލުހުން އޭނާ ހައްޔަރުކުރީ ޓެލެގްރާމުން އެއްބާލުން ނުދޭ ކަމަށް ބުނެ
0%
0%
0%

މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ޓެލެގްރާމްގެ ބާނީ އަދި ސީއީއޯ ޕަވެލް ޑުރޯފް ފަރަންސޭސިވިލާތުގައި ހައްޔަރުކޮށްފި އެވެ.

ޑުރޯފްގެ އުފަން ގައުމަކީ ރަޝިއާ އެވެ. ނަމަވެސް، އޭނާގެ އަތުގައި ފަރަންސޭސި ޕާސްޕޯޓެއް އޮވެ އެވެ. އަދި އޭނާގެ އަތުގައި ޔޫއޭއީގެ ރައްޔިތުކަން ވެސް އޮވެ އެވެ.

އޭނާގެ އަމިއްލަ ޖެޓެއްގައި ޕެރިހަށް ވަޑައިގަތް ތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނި ގެންގޮސްފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ފުރާންސަށް ވަޑައިގަތް އިރުވެސް ހައްޔަރުކުރާނެކަން ޑުރޯފްއަށް އެނގިވަޑައިގަންނަވަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑުރޯފް، 39، ފަރަންސޭސިވިލާތަށް ވަޑައިގަތީ އަޒަރުބައިޖާނުގައި އުޅުއްވަށްް ފަހު އެވެ. އޭނާގެ ބޮޑީގާޑާއި ސެކްރެޓަރީއެއްގެ ގޮތުގައި ގެންގުޅޭ އަންހެނަކު ވެސް ފަރަންސޭސި ފުލުހުން ހިފަހައްޓާފަ އެވެ.

ފަރަންސޭސި ޚަބަރުތައް ބުނާ ގޮތުން ޑުރޯފް ހައްޔަރުކުރީ ޓެލެގްރާމް ހިންގާ ގޮތް އިސްލާހުކުރުމަށް އިދާރާތަކުން އެންގި އެއްވެސް އެނގުމަކަށް ކިޔަމަންވެފައި ނުވާތީ އެވެ. މިއީ މީގެ ކުރިންވެސް ހުށަހަލާފައި ހުރި މައްސަލަތަކެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ޓެލެގްރާމް އަކީ ފުލުހުންނަށް އެއްބާރުލުންދޭ ކުންފުންޏެއް ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ކުޑަކުދިންނަށް ކަމުނުދާ ކޮންޓެންޓްތައް ބްލޮކްކުރުމަށް ނުވަތަ ވަކި ބަޔަކަށް ނުފެންނަ ގޮތް ހެދުމަށް އެންގި އެންގުމަށް ވެސް އިޖާބަދީފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ޑުރޯފް ހައްޔަރުކުރަން ނެރުނު އަމުރަކީ ފަރަންސޭސި އިދާރާތަކުން ނެރުނު އަމުރަކަށް ވާތީ އެހެން ގައުމުގެއްގައި މި އަމުރެއް ނުހިނގާނެ އެވެ. އަދި ފަރަންސޭސިވިލާތުން ބޭރުވުމާ އެކު އޭނާ މިނިވަންވާނެ އެވެ.

ފަރަންސޭސި އިދާރާތަކުން ޑުރޯފް ހައްޔަކުރި ނަމަވެސް، ގިނަ ދުވަހު ހައްޔަރުގައި ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ. ފުލުހުން ބުނި ގޮތުން އޭނާ ހައްޔަރުކުރީ ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓެލެގްރާމާ ގުޅުންހުރި މައްސަލަތަކުގެ ބޭރު އެހެން ކަމެއްގެ ތުހުމަތުވެސް ފަރަންސޭސި އިދާރާތަކުން އޭނާއަށް ކުރެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި، އެމެރިކާ އާއި ހުޅަނގުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތް ނަމަވެސް، ޑުރޯފް ދަނީ ރަޝިއާއާ އެކު ވަރަށް ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910