ޓޫރިޒަމް

ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓްގައި ޅާނބުގަލި ހިމަނައިފި

ރިސޯޓް ތަރައްގީކުރުމަށް ބީލަމަށް ލާފައިވާ ރަށްތަކުގެ ލިސްޓުގައި ރ. ޅާނބުގަލި ހިމަނައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އިއްޔެގެ ވަގުތެއްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރ. ޅާނބުގަލީގައި ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޅާނބުގަލީގެ އިކުއިޒިޝަން ފީގެ ގޮތުގައި 1.6 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. ޅާނބުގަލި އަކީ 2.66 ހެކްޓަރުގެ ރަށެކެވެ.

ރިސޯޓް ހެދުމަށް މިސަރުކާރުގައި ހުޅުވާލި ރަށްތައް

  • ހދ. ވައިކަރަމުރައިދޫ
  • ށ. ކުޑަޅައިމެންދޫ
  • ރ. ދިއްކުރެއްދޫ
  • ޅ. ވިހަފަރުފިނޮޅު
  • ޅ. ދިއްފުށި
  • ކ. އަތޮޅުގެ ފަޅެއް
  • ކ. ހިއްމިއްޔަ ފަޅު
  • އއ. އަލިކޮއިރަށް
  • ވ، އަތޮޅުން ފަޅެއް
  • ތ، ރުއްތިބިރަށް
  • ތ. ގާލީ
  • ތ. ކަނިމީދޫ
  • ލ. ބޮނޑުފުންޏަފުށި
  • ލ. ހަންހުށި
  • ލ. ކަށިދޫ
  • ގއ. ބޭރުމައުޑޫ
  • ގދ. ކަޅެހުއްޓާ

ރިސޯޓް ހެދުމަށް މިދިޔަ މެއި މަހުގެ ތެރޭގައި ހުޅުވާލި ރަށްރަށާއި ފަޅުތަކުގެ ތެރެއިން ޅ. ވިހަވަރުފިނޮޅާއި ވ. އަތޮޅުން ހުޅުވާލި ފަޅަކާއި، ލ. ހަންހުށިއަށް ވަނީ ޕްރޮޕޯސަލް ލިބިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިއަހަރު 20 ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން ބުނާ ގޮތުގައި ސަރުކާރުން ގެންދަނީ ރިސޯޓް ހެދުމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން އެކި ސަބަބުތައް ކުރިމަތިވެ ނުހެދި ރަށްތައް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެެމުންނެވެ.