ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ހިތުގައި ޔާމީނަށް އަބަދުވެސް އޮންނަނީ ގަދަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަބަދުވެސް އޮންނާނީ ގަދަރު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީނަށް "ހުސްގޮނޑި" އެއް ބެހެއްޓެވީ ޔާމީނަށް ކުރެއްވި އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ޕާޓީ -- ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ރައީސް ޔާމީން އިންނަވައިގެން ރައީސް މުއިއްޒަށް މަލާމާތާއި ފުރައްސާރައާއި ފާޑުކިޔުން އާންމުވެފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ ރައީސް ޔާމީން ގަބޫލުނުކުރެއްވި ނަމަވެސް ޔާމީނުގެ ހައްގުގައި އިހްލާސްތެރި މަސައްކަތެއް އެމަނިކުފާނު ކުރައްވާފައިވާނެ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ނުހައްގު ހުކުމުން އިންސާފު ހޯދައިދިނުމަށް ކުރެއްވި މަސައްކަތުން އެކަން ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތުގައި އެމަނިކުފާނަށް އޮންނާނީ ގަދަރު، އަބަދުވެސް އޮންނާނެ އެ ގަދަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި ކުރީގެ ރައީސް ޔާމީނާ ދެމެދު އޮތް ގުޅުން މިހާރު ވަނީ އެއްކޮށް ކެނޑިފަ އެެވެ. ނަމަވެސް ޔާމީނަށް އަބަދުވެސް އިހުތިރާމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910