ދުނިޔެ

އުތުރު ކޮރެއާ އާއި ރަޝިއާއާ ގުޅުން ބަދަހިކުރުމަކީ ރަނގަޅު ކަމެއް: ޓްރަމްޕް

ރަޝީއާ އާއި އުތުރު ކޮރެއާއާ ގުޅުން ބަދަހިކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ މި ދެ ގައުމާ އެކު ގާތް ގުޅުމެއް އުފައްދަވާނެ ކަމަށެވެ.

އެމެރިކާގައި އަންނަ ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި -- ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ޑޮނަލް ޓްރަމްޕް ވިހެން ވިދާޅުވީ ޕެންސިލްވޭނިއާގައި އޮތް ކެމްޕެއިން އެއްވުމެއްގަ އެވެ.

ޓްރަމްޕްގެ މި ވިދާޅުވުން ރައްދުވަނީ ޑިމޮކްރެޓިކް ޕާޓީ ކެންޑިޑޭޓުގައި ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ކަމަލާ ހެރިސް އަށެވެ.

ކެމްޕެއިން އެއްވުމެއްގައި އޭނާއަށް ތާއިދުކުރާ މީހުންނާ މުޚާތަބުކުރައްވައި ކަމަލާ ހެރިސް ވަނީ ރަޝިއާ އަށާއި އުތުރު ކޮރެއާއަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ކަމަލާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވީ ޑިކްޓޭޓަރުންނަކީ އެމެރިކާ ދަންން ބައެއް ނޫން ކަމަށާއި ގާތްކަމެއް ނުބާއްވަވާނެ ކަމަށެވެ.

ޓްރަމްޕް ވަނީ 2019 ވަނަ އަހަރު ދެކުނު ކޮރެޢާއަށް ދަތުރުކުރައްވައި -- ދެ ކޮރެއާ ދެމެދުގައި އޮންނަ ޑިމިލިޓަރައިޒްޑް ޒޯނަށް ވަޑައިގެންފަ އެވެ. އަދި އެ ތަނުގައި އުތުރު ކޮރެއާގެ ލީޑަރު ކިން ޖޮން އުންއާ ވެސް ޓްރަމްޕް ބައްދަލުކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ ގޮތުގައި ކިން ޖޮން އުންއާ ބައްދަލުކުރެއްވުމަކީ އެމެރިކާއަށް ޚައްސަ ކަމެއް ކަމަށެވެ. އެއީ އެމެރިކާގެ ރައީސަކު މީގެ ކުރިން ކުރެއްވި ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެކަމަށްޓަކައި އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އުތުރު ކޮރެއާ އަކީ ނިއުކްލިއާ ބާރަށް ވެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު އެއީ އެމެރިކާއަށް ބޮޑު ނުރައްކަލަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަ ކުރައްވަން ޓްރަމްޕް ލިސްޓްކުރައްވާފައިވާ ކަންތައް ތަކުގެ ތެރޭގައި، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާކުރެއްވުމާއި އުތުރު ކޮރެއާއާ ގުޅުން ބަދަހިކުރެއްވުން ހިމެނެ އެވެ.