ދިރާގު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2024ގެ ތިންވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގާއެކު މިއަދު ސޮއިކޮށްފި އެވެ.

އޭޝިއަން ސާފިން ފެޑަރޭޝަނާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން ގުޅިގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ 15 ސާފަރުން ބައިވެރިވެ އެވެ.

ދިރާގުގެ ޑިރެކްޓާ، ކަސްޓަމާ ސާވިސް މަސްއޫދު އަލީ ވިދާޅުވީ މި މުބާރާތުގައި އެންމެން ކަނެކްޓްވެފައި ތިބުމަށް ދިރާގުން އެހީތެރިވާނެ ކަމަށެވެ.

"އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ދެ އެޑިޝަންގައި ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް،" މަސްއޫދު ވިދާޅުވި އެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 24 އަށް ކ. ތުލުސްދޫގަ އެވެ.

ދިރާގުން އަންނަނީ މިފަދަ އެކި މުބާރާތްތަކުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން އަންނަނީ ކުޅިވަރު އެތުލީޓުންނަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.