ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވުމަށް އެދިއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވީ އެ ކުންފުނީގެ ނަމުގައި ބައެއް ކަސްޓަމަރުންނަށް ގުޅަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ފަހްމީ ވިދާޅުވީ ކަސްޓަމަރުންނަށް ދޮގު މައުލޫމާތު ދީގެން ޒާތީ މައުލޫމާތު ހޯދަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެފަދަ މައުލޫމާތު ހޯދަން ސްޓެލްކޯ އިން ނުގުޅާނެ ކަމަށެވެ.
ފަހްމީ އެދިވަޑައިގަތީ އެފަދަ ކޯލްތަކަށް ސަމާލުވުމަށާއި ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށެވެ. އަދި ސްޓެލްކޯއާ ގުޅޭ މައުލޫމާތެއް ޔަގީންކުރަން ބޭނުންވާނަމަ އެ ކުންފުނީގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކުރިއަށް ދިއުމަށް ފަހްމީ އެދިވަޑައިގެންނެވި އެވެ.
ސްކޭމް ކޯލްތައް ކޮށްގެން މީހުންނަށް މާލީ ބޮޑެތި ގެއްލުންތައް ދީފައިވާ އެތައް މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.