ދަރުމަވަންތަ ސްކޫލް

ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލަކަށް ނާދިރާ

ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލަކަށް އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ނާދިރާ ހަސަން ހަމަޖައްސައިފި އެވެ.

ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ، މާލޭގައި ހުންނަ ސީއެޗްއެސްއީ އިމާރާތުގައި އަލުން ކިޔަވައިދޭން ފެށުމާއެކު އެ ސްކޫލަށް ބަދަލުވުމާ ގުޅިގެންނެވެ.

ނާދިރާ އަކީ މީގެކުރިން ހިރިޔާ ސްކޫލުގައި 11 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އިއްޒުންދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 23، 2021 ގައެވެ.

ނާދިޔާ އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ އިން އެޑިޔުކޭޝަން ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން އިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނާދިރާ ވިދާޅުވީ ދަރުމަވަންތަ ސްކޫލަކީ އޭނާއަށް އާ ތަޖުރިބާއެއް ކަމަށެވެެ.

އިއްޒުއްދީން ސްކޫލު ހިންގަމުންދާ އެމްއީއެސްގެ ކުރީގެ އިމާރާތުގައި ރެނދުތަކެއް ހުރުމުން އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަށް ނުފެންނާތީ ސަރުކާރުން ވަނީ އެ ސްކޫލު ބަންދުކުރަން ނިންމާފަ އެވެ.