މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެންމެ ގިނަ މުދާ އެތެރެކުރީ މިވެރިކަމުގައި: ވަޖީހް

ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން މުދާ އެތެރެ ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަން ޔަގީންކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހް ތަފާސްހިސާބު ހިމެނޭ ގްރެފިކްސްއެއް އާންމުކުރައްވައިފި އެވެ.

ވަޖީހް އާންމުކުރެއްވި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖެނެރަލް ކާގޯގެ ގޮތުގައި 12،600 ޓަނު އަދި ކޮންޓެއިނާ ކާގޯގެ ގޮތުގައި 5،375 ޓަނުގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޖެނަރަލް ކާގޯ 22 ޕަސަންޓް އަދު ކޮންޓެއިނާ ކާގޯ ހަތަރު ޕަސެންޓު އިތުރު އަދަދެކެވެ.

ވަޖީހް ވިދާޅުވީ ތަފާސްހިސާބުތަކުން ފެންނަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަ މަންޒަރު ކަމަށެވެ.

ވަޖީހް ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިގްތިސާދީ މަސައްކަތް ފެށުމާ އެކު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑު ކުރިއަރާ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ ކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބަށް ބަލާއިރުވެސް މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ދެ ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފަ އެވެ. އެކަމަކު އެކްސްޕޯޓު ވަނީ ދަށަށް ގޮސްފަ އެވެ.