ދަނޑުވެރިކަމުގެ އުފެއްދުންތައް އެއާ ކާގޯގެ ގޮތުގައި އުފުލުމަށް ނިންމައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓަށް ނެރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އެއާ ކާގޯގެ ގޮތުގައި އުފުލުމަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވާ ކަމަށެވެ.
މިބައްދަލުވުމުގައި އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާއާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް އެގްރިކަލްޗާ އިކޮނޮމިކް ޒޯނު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް މި އަހަރުގެ ފަހުކޮޅު ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްުޔާރުވަމުންނެވެ. އަދި އެ ޒޯނު ތަރައްގީކުރުމުން، އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ 15 ބާވަތެއްގެ ތަރުކާރީއާއި މޭވާ މާކެޓަށް ނެރެވޭނެ ކަމަށާއި އޭގެއިން ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.