ދުނިޔެ

33 އަހަރަށްފަހު އިރާގުގައި ސްވިޒަލޭންޑްގެ އެމްބަސީ އަލުން ހުޅުވައިފި

ތެއްތިރީސް އަހަރުގެ މެދުކެނޑުމަކަށްފަހު އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ސްވިޒަލޭންޑްގެ އެމްބަސީ އަލުން ހުޅުވައި އެވެ.

ސްވިޒަލޭންޑުން ބަޣުދާދު އެމްބަސީ ބަންދުކުރީ 1991 ގައި ހިނގާދިޔަ ގަލްފް ހަނގުރާމައާ ގުޅިގެންނެވެ. ނަމަވެސް ފުރިހަމަ މަސައްކަތްތަކާ އެކު އެމްބަސީ އަލުން ހުޅުވާފައިވާ ކަމަށް ސްވިޒަލޭންޑުގެ ފެޑެރަލް ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒްއިން އަންގާރަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

ސްވިޒަލޭންޑްގެ ބަޔާނުގައި ބުނެފައިވާ ގޮތުން އެމްބަސީ އަލުން ހުޅުވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ކުރިން އޮތް ފަދައިން، ގުޅުން ބަދަހިކޮށް ހުރިހާ ދާއިރާއަކުން މުއާމަލާތްކުރަން ފެށުމެވެ.

އީރާގާއި ސްވިޒަލޭންޑާ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ތެރޭގައި އެއްގައުމުން އަނެއް ގައުމަށް މީހުން ހިކުރަކުރާ މައްސަލަ، އިގުތިސާދު އަދި ސަލާމަތީ ހަރަކާތްތައް ވެސް ހިމެނެ އެވެ.

އީރާގަކީ ސްވިޒަލޭންޑަށް ވަރަށް މުހިންމު ގައުމެއް ކަމަށް ފޮރިން އެފެއާޒްގެ އިއުލާންގައި ވަނީ ބުނެފަ އެވެ. އެމްބަސީ އަލުން ހުޅުވުމަކީ އޭގެ މިސާލެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސްވިސް އެމްބަސީ ބަންދުކޮށްފައި ހުރި އަހަރުތަކުގައި، އީރާގާއި ސްވިޒަލޭންޑާ ދެމެދު މުއާމަލާތްކޮށްފައި ވަނީ މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހުންނަ ސްވިސް އެމްބަސީތައް މެދުވެރިކޮށެވެ. އޭގެ ތެރޭގައި އުރުދުންގައި ހުންނަ ސްވިސް އެމްބަސީ ހިމެނެ އެވެ.

އެމެރިކާ ސިފައިން 1991 ގައި އީރާގަށް އަރައިގަނެ ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމާ ގުޅިގެން މުޅި ސަރަހައްދު އޮތީ ކުންޏަށް ވެފަ އެވެ. ހަނގުރާމަވެރި ކުދިކުދި ގުތޫޕްތަކުގެ މެދުގައި ހަމަނުޖެހުން ބޮޑުވެ ތަޅާފޮޅުން ގިނަވުމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވި އޮތީ ހުއްޓިފަ އެވެ.

އީރާގުގުގައި ވަކި ބަޔަކު ވެރިކަންކުރުން ބޮޑު މައްސަލައަކަށްވެ ގައުމު ކޮޅަށްޖެހުން އެއްވެސް ބަޔަކަށް ވަނީ ލާހިކުކަމަކަށް ނުވެފަ އެވެ. ބޭރު ގައުމުއްގެ ސަފީރަކު އީރާގަށް ޒިޔާރަތްކުރި ނަމަވެސް، އެ ފައުޖަށް ހަމަލާދީ ގައުމުން ބޭރުކޮށްލަ އެވެ.

ބަޣުދާދުގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީއަށް ހަމަލާދިނުމަކީ ވެސް ހަނގުރާމަވެރި ގުރޫޕްތަކަށް ކުޅިމަޖަލަކަށް އޮންނަނީ ވެފަ އެވެ. މި ގޮތުން އެންމެ ގިނައިން ހަމަލާދީފައި ވަނީ އީރާގުގައި ހުންނަ އެމެރިކާ އެމްބަސީ އަށެވެ.