މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ މިސްރަށް ވަޑައިގެންފި އެވެ.
މިއީ ތާފަނާވެފައި އޮތް ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރެއް ކަމަށް މިސްރުގެ އިދާރާތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތުރުކީގެ ވެރިރަށް އަންކާރާގެ އެއާޕޯޓުން ސީސީއަށް މަރުހަބާ ދެންނެވީވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ. މި ދެ ލީޑަރުން ސަލާމްކުރައްވައި ހާލުއަހުވާލު ބައްލަވައި ސަމާސާކުރެއްވި ކަމަށް ހަބަރުތައް ބުނެ އެވެ.
ތުރުކީން މިސްރާ ގުޅުން ކަނޑާލީ 2013 ގައި، މިސްރުގެ ވެރިކަމަށް މުސްލިމް ބްރާދަހޫޑް އައުމާ ގުޅިގެން ހިނގައިދިޔަ ހާދިސާތަކަށްފަހު އެވެ.
މިސްރުގެ އަސްކަރިއްޔާ އިން މުސްލިމް ބްރަދާހޫޑްގެ ވެރިކަން ވައްޓާލައި ރައީސް މުހައްމަދު މުރުސީ ހައްޔަރުކުރުމާ ގުޅިގެން ތުރުކީން ވަނީ މިސްރު ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ.
އެއަށްފަހު މިސްރުގެ ވެރިކަމަށް ވަޑައިގަތީ އޭރު އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުލް ފައްތާހު އައްސީސީ އެވެ.
ސީސީ ވެރިކަމަށް ވަޑައިގަތުމުންވެސް އުރުދުޣާން ވަނީ ނުރުހުންވެ ވަޑައިގެން، ސީސީ ކަހަލަ ލީޑަރަކާ ދުވަހަކު ވެސް ވާހަކަނުދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ދުވަސްތައް ފާއިތުވެދިއުމަށްފަހު މި ދެ ލީޑަރުންގެ ގުޅުންވެސް ވަނީ ހެޔޮ ފާލަކަށް އެޅިފަ އެވެ. މައިގަނޑު ސަބަބަކީ ދުނިޔޭގެ މަސްރަހުގައި މިސްރާއި ތުރުކީގެ ހިޔާލު އެއްގޮތްވުމެވެ.
މީގެ އެންމެ ބޮޑު މިސާލަކީ ފަލަސްތީނާ މެދު މި ދެ ލީޑަރުން ދެކޭ ގޮތެވެ. މިސްރަކީ ވެސް ފަލަސްތީނަށް ވަރަށް ހެޔޮ އެދޭ އަދި މިނިވަން ދައުލަތަކަށް ވަކާލާތުކުރާ ގައުމެކެވެ. އަދި ތުރުކީއަކީ ވެސް ފަލަސްތީންގެ މިނިވަންކަމަށް ގޮވާލައި ބައިނަލްއަގްވާމީ މައިދާންތަކުގައި އަޑުއުފުލާ ގައުމެކެވެ.
ނަމަވެސް ދުވަސްތައް ފާއިތުވެދިއުމަށްފަހު މި ދެ ލީޑަރުންގެ ގުޅުންވެސް ވަނީ ހެޔޮ ފާލަކަށް އެޅިފަ އެވެ. މައިގަނޑު ސަބަބަކީ ދުނިޔޭގެ މަސްރަހުގައި މިސްރާއި ތުރުކީގެ ޚިޔާލު އެއްގޮތްވުމެވެ.
މީގެ އެންމެ ބޮޑު މިސާލަކީ ފަލަސްތީނާ މެދު މި ދެ ލީޑަރުން ދެކޭ ގޮތެވެ. މިސްރަކީ ވެސް ފަލަސްތީނަށް ވަރަށް ހެޔޮ އެދޭ އަދި މިނިވަން ދައުލަތަކަށް ވަކާލާތުކުރާ ގައުމެކެވެ. އަދި ތުރުކީ އަކީ ވެސް ފަލަސްތީންގެ މިނިވަންކަމަށް ގޮވާލައި ބައިނަލްއަގްވާމީ މައިދާންތަކުގައި އަޑުއުފުލާ ގައުމެކެވެ.
ތުރުކީ އާއި މިސްރާ ދެމެދު ހިލާފުތަކެއް އޮތް ނަމަވެސް އިގުތިސާދީ ގޮތުން ދެ ގައުމުގެ ގުޅުމަށް އެއްވެސް ކަހަލަ ހީނަރުކަމެއް އައިސްފައެއް ނުވެ އެވެ. ވިޔަފާރީގައި ދެ ގައުމު އެއްބާލައި ތަރައްގީއަށްވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.
ސީސީގެ ތުރުކީ ދަތުރަށްފަހު ދެ ގައުމުގެ ގުޅުން އަދި އިތުރަށް ބަދަހިވާނެ ކަމަށް ބެލެވެ އެވެ. އަދި ތުރުކީން މިސްރުގައި ބޮޑެތި އިންވެސްޓްތައް ކުރާނެ ކަމަށްވެސް ބެލެވެ އެވެ. މި ދެ ގައުމު ގުޅިގެން ދިފާއީ ނިޒާމުތައް އުފައްދާ ވާހަކަތަކެއްވެސް ވަނީ މިފަހުން އާންމުވެފަ އެވެ.