ޑީޖޭއޭ

ތުހުމަތުތަކާއެކު ރިޒްނާ މަގާމުން އިސްތިއުފާ ދެއްވައިފި

ރިޒްނާ
0%
0%
0%

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށުމާއެކު ރިޒްނާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފަށާފައިވީ ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީއަކުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޒްނާގެ މައްސަލަތަކެއް ބަލަމުންދާކަން އިތުބާރު ހިފޭ މަސްދަރުތަކުން ވަނީ ކަށަވަރު ކުރެވިފަ އެވެ.

ރިޒްނާގެ މައްޗަށް ތުހުމަތު ކުރެވެނީ ސީރިއަސް މައްސަލަތަކެއް ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުލިބެ އެވެ. ޖޭއެސްސީން މިކަމުގައި އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ރިޒްނާ އައްޔަންކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރު، އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތް ދުވަސްވަރު އެވެ. އޭރު ޖޭއެސްސީގައި އޮތީވެސް އޭރުގެ ސަރުކާރުގެ ބާރެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމު ރިޒްނާ ފުރުއްވި އެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ރަޖިސްޓްރާކަމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމުވެސް ރިޒްނާ ފުރުއްވި އެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިއަކަށް ރިޒްނާ ހަމަޖެއްސީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އެމްޑީޕީގެ ސާފު މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލަކަށް ފަހު އެވެ. ރިޒްނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ފަސް އަހަރުގެ ޓާމަކަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345