މަސްތުވާތަކެތި

ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އއ. ރަސްދޫ، ފުނަމާގެ، ހަސަން ޒަޔާން (24 އ) އާއި، ގދ. ތިނަދޫ، ކުލުނު، އަލީ ސަރީހު އަންވަރު (22 އ) އެވެ.

ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިއްކައި ވިޔަފާރި ކުރުމުގެ ތުހުމަތުގައެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހުންގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

މި މީހުން ގެންގުޅުނު މަސްތުވާތަކެތި ފެނުނީ ކޯޓު އަމުރެއްގެ ދަށުން އެޕާޓުމެންޓެއް ބަލައި ފާސްކުރިއިރު އެތަނުގެ ބަދިގެއާއި ކޮޓަރިއެއްގެ ތެރެއިންނެވެ.

މީގެއިތުރުން މި މީހުންނާ ގުޅިފައިވާ އިތުރު އެޕާޓްމަންޓަކާއި ދެ ކާރެއް ބަލައި ފާސްކޮށް އެ ތަންތަނުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވެ އެވެ.