ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

އަމާޒަކީ 75،000 މެންބަރުންނާއެކު އެންމެ ބޮޑު ޕާޓީއަށްވުން: ޕީއެންސީ

ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
0%
0%
0%

މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޝަރަފު ވެރިކަން ކުރާ ޕީއެންސީ އިން ހޯދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވީ ޕީއެންސީގެ ލީޑަޝިޕްގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޕީޕީއެމްގެ ޖުމްލަ މެންބަރުންގެ އަދަދު 75،000 މެންބަރުންނަށް ވުރެ އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ނޮވެމްބަރުގެ ނިޔަލަށް 75،000 މެންބަރުން ހިމެނޭ ޕާޓީއަކަށް ހެދުމަށް. އެއީ ރާއްޖޭގެ ތާރީހުގައިވެސް ރާއްޖޭގައި މިހާތަނަށް ހަމަ އޮންނަ އެންމެ ބޮޑު އެއް ޕާޓީއަކަށް އިރާދަކުރެއްވިއްޔާމު ޕީއެންސީ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ މިއަހަރު ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް މިހާތަނަށް ކުރިއަށް ގެންދިޔަ އެކި ހަރަކާތްތަކުން ޕާޓީގެ މެންބަރުންގެ އަދަދު މިހާރުވެސް 50،000 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އެންމެ ފަހުން ހާމަކޮށްފައިވަނީ މިދިޔަ ޖުލައި 28 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ 28،704 މެންބަރުންނެވެ.

ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ޖުލައި 28ގެ ނިޔަލަށް ތިބީ 34،827 މެންބަރުންނެވެ.

އީސީގެ ދަފްތަރުގައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އިދިކޮޅު އެމްޑީޕީ އެވެ. އެ ޕާޓީގައި މިވަގުތު 50،980 މެންބަރުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345