ދުނިޔެ

ކަމަލާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ދުވަހަކުވެސް މާސްއަށް ނުދެވޭނެ: އީލޮން މަސްކް

މި އަހަރު ނޮމެވްބަރު ފަހެއްގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ކަމަލާ ހެރިސްއަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ -- އެމެރިކާ ރައްޔިތުން މާސްއަށް ދަތުރުކުރުމަށް ކުރަމުން އަންނަ ހިޔާލު ކަފުންވާނެ ކަމަށް ވިޔަފާރިވެރިއާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

މަސްކް ވިދާޅުވި ގޮތުގައި ކަމަލާގެ ވެރިކަމުގައި ދުވަހަކުވެސް މާސްއަށް ނުދެވޭނެ އެވެ.

އީލޮން މަސްކްގެ މި ވިދާޅުވުމަކީ ސިޔާސީ ގޮތުން ވިދާޅުވި ވިދާޅުވުކެވެ. މަސްކު ހުންނެވީ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވައި، ޓްރަމްޕަށް ރައީސްކަން ލިބިވަޑައިގަންނަވާ ކަމުގެ އުންމީދުގަ އެވެ.

ޓްރަމްޕްގެ ވެރިކަމެއްގައި ސަރުކާރުން ބާރުގަދަ ވަޒިފާއެއް މަސްކަށް ދެއްވާނެ ކަމަށް ވެސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ. މަސްކަށް އެންމެ ރަނގަޅު ވަޒީފާއަކަށް ވާނީ އެމެރިކާގެ އިގުތިސާދު ހަރުދަނާކުރުމާ ގުޅޭ ވަޒީފާއެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިއަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ކަމަލާ ހެރިސްއަށް މަސްކް ދެއްވި ބަހުގެ ހަމަލާ އަކީ -- ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮތް ރިޔާސީ ބަހުސްގައި، ޓްރަމްޕަށް ޕްރެޝަރު ޖެހިވަޑައިގެންފައި ވަނިކޮށް ދެއްވި ބަހުގެ ހަމަލާ އެކެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ރިޔާސީ ބަހުސްގައި ކަމަލާ ވަނީ ޓްރަމްޕަށް ވަރުގަދަ ޒުވާބެއް ދެއްވާފަ އެވެ.

ކަމަލާގެ ބައެއް ސިޔާސަތުތަކަށް ރައްދުދެއްވުމުގައި ޓްރަމްޕަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވެވަޑައިގެންނެވިކަން ބަހުސް ބަލަން ތިބި މީހުންނަށް ވެސް ވަނީ އެނގިފަ އެވެ.

ކަމަލާ އަކީ ދޫހެލޭ އަދި ދޫފަސޭހަ ކަނބަލެކެވެ. މިހެންކަމުން ބަހުސްގެ ބޮޑުބައިގައި ކަމަލާގެ ވާހަކަތަކުގެ އަސަރު ބޮޑުކަން ފާހަގަކުރެވެ އެވެ.

ކަމަލާ ވާހަކަ ދެއްކެވީ އެމެރިކާގައި ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށެވެ. ޑޮނަލްޑް ޓްރަމްޕް ވަރަށް ގިނަ ފަހަރު މައުލޫ ބަދަލުކުރައްވައި ފޭލިވުމާ ސިޔާސަތުތައް ވެސް ފޭލިވެފައި ހުރި ކަމަށް ވިދާޅުވި އެވެ.

މަސްކް ވިދާޅުވި ގޮތުގައި ބަހުސްގެ ކަމަލާ ދެއްކެވި ރަނގަޅު ވާހަކަތަކެކެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ވެރިކަން ކުރެއްވޭ ވަރުގެ ތަޖުރިބާ ކަމަލާގެ ނެތް ކަމަށް މަސްކް ވިދާޅުވި އެވެ.