ފިނޭންސް މިނިސްޓްރީ

މާލީ އަދި ދަރަނީގެ ހާލަތު ރަނގަޅު ކުރެވޭނެ: ފިނޭންސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
0%
0%
0%

ރާއްޖޭގެ މާލީ އަދި ދަރަނީގެ ހާލަތު ރަނގަޅުވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފި އެވެ.

ކްރެޑިޓް ރޭޓިން އެޖެންސީ -- މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ1" އިން "ސީއޭއޭ2" އަކަށް ދަށްކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޭޓިން ދަށްކުރި ނަމަވެސް މާލީ ގޮތުން އަދި ބޭރު ދަރަނީގެ ސަބަބުން ކުރިމަތިވެފައިވާ ހިރާސްތަކާއި އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއަށް ހުރި ޕްރެޝަރާއި ޓްރޭޑް އަދި ބަޖެޓް ޑެފިސިޓުގެ އިތުރުން ފިސްކަލް ރިފޯމުތައް ތަންފީޒުކުރުން ލަސްވުމެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މާލީ އަދި ދަރަނީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެކަމަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ނިންމާ އެކަންކަން ތަންފީޒުކުރުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާ ސަރުކާރުންވަމުންދާ ކަމަށެވެ.

މީގެ އިތުރުން އިސްލާހީ ފިޔަވަޅުތައް އެކުލަވާލާ، ތަންފީޒުކުރުމުގައި ފަންނީ ގޮތުން މަލްޓިލެޓްރަލް އޭޖެންސީތަކުން ސާރުކާރަށް އެހީ ލިބެމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފަގީރުންގެ ނިސްބަތު ކުޑަކޮށް، އެންމެ ނާޒުކު މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ހިންގުން ހަރުދަނާކުރުމަށާއި ދައުލަތަށް މާލީގޮތުން ހުރި ޕްރެޝަރުތައް ލުއިކުރުމުގެ ގޮތުން އެސްއޯއީތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ސަރުކާރުން މިފަހުން ނިންމާފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މާލީގޮތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް ބޭރުގެ ގައުމުތަކާއެކު އަދި އިންވެސްޓަރުންނާއެކު ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ ޓޫރިޒަމް ދާއިރާއަށް ލިބޭ ކުރިއެރުމާއި، އާމްދަނީ އަދި ހަރަދުގެ ފިޔަވަޅުތައް ގެނެވޭ ބަދަލުތައް ތަންފީޒުކުރުމުން އިގްތިސާދީގޮތުން ކުރިއެރޭނެ ކަމަށާއި އޭގެ ސަބަބުން މާލީ އަދި ދަރަނީގެ ހާލަތު ރަނގަޅުކުރެވޭނެކަމުގެ ޔަގީންކަން ސަރުކާރަށް އޮތް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910