މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށެވެ. އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 4،000 ރުފިޔާ ބޮލަކަށް ޖެހެ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަގިރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމަށްފަހު ޝަރުތު ހަމަވާ މީހުންނަށް ފައިސާ ޖަމާކުރަމުންދަނީ އެ މީހުންކގެ އެކައުންޓުތަކަށެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3،183 މީހުންނަށެވެ.
ފާއިތުވި ހަތަރު އަހަރު މުދަލު ޒަކާތް ބެހި ގޮތް
- ބޮލަކަށް 2،700 ރުފިޔާ - 2021 ވަނަ އަހަރު
- ބޮލަކަށް 3،00 ރުފިޔާ - 2022 ވަނަ އަހަރު
- ބޮލަކަށް 3،500 ރުފިޔާ - 2023 ވަނަ އަހަރު
- ބޮލަކަށް 4،000 ރުފިޔާ - 2024 ވަނަ އަހަރު
އިސްލާމިކް މިނިސްޓްރީން މިއަހަރު ވަނީ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 16.8 މިލިއަން ރުފިޔާވެސް ދޫކޮށްފަ އެވެ.