ޅ. ފެލިވަރު މަސް ގަންނަ ބަނދަރަށް ލަފާ ދޯނިފަހަރުން ބާލާ މަހުގެ މަޢުލޫމާތު ނެގުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ ރާއްޖެއަށް ބާނާ ކަނޑުމަހާއި ކަންނެލީގެ ބައޮލޮޖިކަލް މައުލޫމާތު ނެގުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެެއް ކަމަށާއި އެމަސައްކަތް ކޮށްދޭނެ ދެ ފަރާތެއް ބޭނުންވާ ކަމަށެވެ.
މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހު ސިޓީ އާއި ވަނަވަރު އަދި ތައުލީމީ ސެޓުފިކެޓުތަކާއި ވަޒީފާއެއްގައި އުޅޭ ފަރާތެއް ނަމަ ވަޒީފާ އަދާކުރާ ކުންފުނީގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން ހުށަހަޅަން ޖެހެ އެވެ.