މިނިސްޓްރީ އޮފް ޓޫރިޒަމް

ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓުން ތިން ރަށް އުނިކޮށްފި

ރިސޯޓު ހަދަން ދޫކުރާ ރަށް ތަކުގެ ލިސްޓުގައި ކުރިން އޮތް ތިން ރަށެއް އުނިކޮށް ހަ ފަޅަކާއި ރަށެއް ލިސްޓަށް އިތުރު ކޮށްފި އެވެ.

ރިސޯޓް ހެދުމަށް މިދިޔަ މެއި މަހުގެ ތެރޭގައި ހުޅުވާލި ރަށްރަށާއި ފަޅުތަކުގެ ލިސްޓުން އުނިކޮށްފައިވަނީ ޅ. ދިއްފުށި ޅ. މައިދޫއާ އެކު އަދި ތ. ކަނިމީދޫ އާއި ގދ. ކަޅުހުއްޓާ އެވެ.

މިލިސްޓަށް އިތުރު ކުރި ތަންތަނަކީ ކ. އަތޮޅުގެ ތިން ފަޅަކާއި، ބ. އަތޮޅާއި، ވ. އަތޮޅާއި އދ. އަތޮޅުގެ ފަޅަކާއި ގދ. ރާވެރިންކޮޅިހުއްޓާ އެވެ.

ރިސޯޓް ހެދުމަށް މިސަރުކާރުގައި ހުޅުވާލި ރަށްތައް

  • ހދ. ވައިކަރަމުރައިދޫ
  • ށ. ކުޑަޅައިމެންދޫ
  • ރ. ދިއްކުރެއްދޫ
  • ޅ. ވިހަފަރުފިނޮޅު
  • ޅ. ދިއްފުށި
  • ކ. އަތޮޅުގެ ފަޅެއް
  • ކ. ހިއްމިއްޔަ ފަޅު
  • އއ. އަލިކޮއިރަށް
  • ވ، އަތޮޅުން ފަޅެއް
  • ތ، ރުއްތިބިރަށް
  • ތ. ގާލީ
  • ތ. ކަނިމީދޫ
  • ލ. ބޮނޑުފުންޏަފުށި
  • ލ. ހަންހުށި
  • ލ. ކަށިދޫ
  • ގއ. ބޭރުމައުޑޫ
  • ގދ. ކަޅެހުއްޓާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިއަހަރު 20 ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން ބުނާ ގޮތުގައި ސަރުކާރުން ގެންދަނީ ރިސޯޓް ހެދުމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން އެކި ސަބަބުތައް ކުރިމަތިވެ ނުހެދި ރަށްތައް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެެމުންނެވެ.