އުރީދޫ

އުރީދޫ ނޭޝަންގެ ގޭމިން އެސަސަރީ ޕާޓްނަރަކަށް އެސްބީއެންޓީ

އުރީދޫގެ ގޭމިން ޕްލެޓްފޯމް -- އުރީދޫ ނޭޝަން އިން ގޭމިން އެސަސަރީ ޕާޓްނަރެއްގެ ގޮތުގައި އެސްބީއެންޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެސްބީއެންޓީ ހާއްސަވެފައިވަނީ ގޭމް ކުޅޭ މީހުންނަށް ޒަމާނީ ޓެކްނޮލަޖީ ގެނެސްދޭ ކުންފުންޏެއްގެ ގޮތުގައެވެ.

އެސްބީއެންޓީގެ ވެބްސައިޓް މެދުވެރިކޮށް ގޭމް ކުޅޭ މީހުންނަށް ހާއްސަ ސީޕީޔޫއާއި މޮނިޓަރާއި ގޮނޑި ފަދަ ތަކެތި ގަންނަންވެސް ލިބެ އެވެ.

އެސްބީއެންޓީ އިިން ބުނީ އެ ކުންފުނީގެ އަމާޒަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮ އަގުގައި ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ޕީކް ޕާފޯމެންސް ހޯދަން ބޭނުންވާ ގޭމަރެއް ކަމަށް ވިޔަސް ނުވަތަ ވަރުގަދަ ވޯކްސްޓޭޝަނެއް ބޭނުންވާ ޕްރޮފެޝަނަލް ފަރާތެއް ކަމުގައިވި ނަމަވެސް ކޮލިޓީއަށް ބަދަލެއް އަޔަނުދީ ހާއްސަ އަގުގައި ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ގޭމިން ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށާއި ގޭމް ކުޅޭ މީހުންނަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ އުރީދޫ ނޭޝަން ޕްލެޓްފޯމް މެދުވެރިކޮށް ކޮންޓެންޑާ ސީރީޒްތަކުގެ މުބާރާތްތައްވެސް އުރީދޫ އިން ދަނީ ބާއްވަމުންނެވެ.


ފައިސާގެ ބޮޑެތި އިނާމުތަކާ އެކު ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތުގެ ސީރީޒްއެއް މިދިޔަ ހަފްތާގައިވެސް ކުރިއަށް ގެންދިޔަ އެވެ.