އިޒުރޭލުން ދިން ސައިބާ ހަމަލާއެއްގައި ހިޒްބުﷲ ހަނގުރާމަވެރިން މުއާސަލާތުކުރަން ބޭނުންކުރާ ޕޭޖަރުތަކެއް ގޮއްވާލައިފި އެވެ. މި ހަމަލާގައި އަށް މީހަކު މަރުވެ 2،8000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ލުބްނާންގެ އިންތިގާލީ ސިއްހީ ވަޒީރު ފިރާސް އަބިއާދު ވިދާޅުވި ގޮތުން އަދި އިތުރު ބަޔަކަށް މި ހަމަލާގެ ސަބަބުން ގެއްލުން ލިބިފައި ވާނެ އެވެ.
މި ހަމަލާގެ މަންޒަރުތަކުން ފެންނަ ގޮތުން ޕޭޖަރު ގެންގުޅޭ މީހުން އުނަގަނޑުގައި ޕޭޖަރު އަޅުވާފައި ހުންނަ ހިސާބު އަނދައި މަސްގަނޑު ފަޅައިގެން ގޮސްފައިވާތީ ފެނެ އެވެ. ބައެއް މީހުގެން އަތާއި ފަތުލޫނުގެ ޖީބަށްވާ ހިސާބުން ލޭއޮހޮރޭތަން ވެސް ފެނެ އެވެ.
އެމެރިކާގެ ނޫސްތައް ބުނާ ގޮތުން އިޒުރޭލުން ގޮއްވާލާފައި ވަނީ ހިޒްބުﷲއަށް ފަރަށް ފަހުން ލިބުނު ޕޭޖަރު ޝިޕްމަންޓެކެވެ. މި ވައްތަރުގެ ޕޭޖަރުތައް ހަނގުރާމަވެރިންގެ މެދުގައި ވަރަށް ގިނަ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ހިޒްބުﷲގެ އޮފިޝަލަކު ބުނި ގޮތުން ޕޭޖަރުތައް ގޮވަން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ސޮފްޓްވެއާގެ ތެރެއަށް ބަޔަކު ވަދެ ކުރި ކަމަކުންނެވެ.
ޕޭޖަރު ބޭނުންކުރާ ބައެއް މީހުން ބުނި ގޮތުން އެ މީހުން ގެންގުޅުނު ޕޭޖަރަށް މާބޮޑަށް ހޫނުވާން ފެށުމުން ދުރަށް ހުރާލީ އެވެ. އަދި އިސާހިތަކު އޭތި ގޮވައި މުޅި ތަނުން ދުންއެރި ކަމަށް ވެސް އޭނާ ބުންޏެވެ.ރެއް
ރިޕޯޓްތައް ބުނާ ގޮތުން ލުބްނާންގެ މުވާސަލާތީ ނެޓްވޯކާ ގުޅިގެން ހިޒްބުﷲ ހަނގުރާމަވެރިން ބޭނުންކުރާ މި ޕޭޖަރުތައް ގޮއްވާލީ އިޒުރޭލުންނެވެ. ހިޒްބުﷲ ހަނގުރާމަވެރިން ނޫން މީހުން ވެސް މި ޕޭޖަރުތައް ބޭނުންކުރާ ކަމަށް އޮފިޝަލުން ބުންޏެވެ.
ލުބްނާންގެ ހެލްތު މިނިސްޓްރީން މިހާރު ވަނީ ޕޭޖަރު ގެންގުޅޭ މީހުން، ޕޭޖަރުތައް ދުރަށް ލުމަށް އިންޒާރުކޮށްފަ އެވެ. އަދި ގައިން ވަކިކޮށް ގެއިން ބޭރު ހިސާބެއްގައި ބޭޢްވުމަށް ވެސް ވަނީ އިރުޝާދުދީފަ އެވެ.
އިޒުރޭލުން މި ހަމަލާ އަމާޒުކޮށްފައި ވަނީ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ދިރިއުޅޭ ހިސާބުތަކަށެވެ. މިހެންކަމުން ލުބްނާންގައި ބޭނުންކުރާ ކޮންމެ ކޮންމެ ޕޭޖަރެއް ގޮވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
އިޒުރޭލަކީ އިލެކްޓްރޯނިކް ޑިވައިސްތަކަށް ވަދެގަންނަން ކުޅަދާނަ ބައެކެވެ. މީހުންގެ އަމިއްލަ ސްމާޓްފޯނުތަކަށް ވަދެ މައުލޫމާތުން ވައްކަންކުރުމަށް ވެސް އިޒުރޭލު ވަރެއް ދުނިޔޭގައި ނެތެވެ.