ކްރިމިނަލް ކޯޓް

ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހާގެ ބަންދަށް ފަސް ދުވަސް

މައްސަލައިގައި ހައްޔަރުކުރި އަހުމަދު އަހުސަން -- ފޮޓޯ: ޕޮލިސް
0%
0%
0%

ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހާ ފަސް ދުވަހަށް ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަމަންދަރު، އަހްމަދު އަހުސަން (35އ) އެވެ.

އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މިތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ރާއްޖެއައި އެއާކާގޯ ޝިޕްމަންޓަކާއި، އިއްޔެ ރާއްޖެ އައި މެލޭޝިއާ އެއާލައިންސް ފްލައިޓަކުން ދަތުރުކުރި ދިވެހި ފަސިންޖަރަކު ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރުގައި ވާގޮތުން މައްސަލައިގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ބެލެވޭ މިންގަނޑަށް ފެތެ އެވެ.

މަސްތުވާތަކެއްޗަށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން އޭއެމްޕީ އަދި އޯޕީއައި އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށްވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910