މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ

ތިލަފުށި ބްރިޖުގެ ޕްރީ-ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ

އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ) ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
0%
0%
0%

ތިލަފުއްޓާއި އުތުރުތިލަފަޅު ގުޅުވާލާ ބްރިޖުގެ ޕްރީ-ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ) މަޝްވަރާކޮށްފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ގިރާވަރު މެދުވެރިކޮށް އުތުރު ތިލަފަޅާއި ތިލަފުށި ގުޅުވާލާ ބްރިޖުގެ ޕްރީ-ފީސިބިލިޓީ ސްޓަޑީއެއް ހެދުމުގެ މަޝްވަރާ އޭއައިއައިބީގެ ސީނިއާ އޮފިޝަލުންނާ ކުރިކަމަށެވެ.

މި ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީން ބުނީ ތިލަފުށީ ބްރިޖުގެ މަޝްރޫއަކީ ކުރިއަށް އޮތް ތަނުގައި މި ސަރަހައްދު ގުޅުވާލާ، އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރުވައިދޭ މަޝްރޫއަކަށް ވާނެ ކަމަށެވެ.

"ސަރަހައްދީ އިންޓަގްރޭޝަން މި މަޝްރޫއުގެ ސަބަބުން އިތުރުވާނެ،" މިނިސްޓްރީން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ތިލަފުށްޓާއި ގިރާވަރު އަދި ގިރާވަރާއި އުތުރު ތިލަފަޅު ގުޅާލުމަށް އަޅަންޖެހޭ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް އެ ދުވަހު އިތުރަށް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345