މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަން އޮފިސަރުން ސެލޫނާއި ސްޕާތަކަށް، ހަތް މީހަކު އަތުލައިގެން

މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ސްޕާތަކުގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅޭ ބައެއްތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން އިއްޔެ ފެށި މި އޮޕަރޭޝަންގައި 22 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.

މިތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ހަތް އަންހެނަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ވަޒީފާ ދިން ފަރާތްތަކުގެ ތެރެއިން ހަތް ފަރާތަކަށް ނޯޓިސްދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެ އެވެ.

"މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޓީމުންވެސް ވަނީ ބައިވެރިވެފައި،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ހޯދައި އެތައް ސަތޭކަ ބިދޭސީއަކު ވަނީ ރާއްޖެއިން ޑިޕޯޓްކޮށްފަ އެވެ.