ޓޫރިޒަމް

ޓޫރިޒަމްގެ ދާއިރާއިން ސަޓާގެ 30 އެވޯޑެއް ރާއްޖެއަށްް

ސައުތު އޭޝިއަން ޓްރެވަލް (ސަޓާ)ގެ ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑާއި އެކު ރާއްޖެއަށް 30 އެވޯޑެއް ލިބިއްޖެ އެވެ.

ރާއްޖެއަށް މިއަހަރު ލިބުނު ސަޓާ އެވޯޑު ތަކުގެ ތެރޭގައި ވިޒިޓާސް ޗޮއިސްގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑްވެސް ހިމެނެ އެވެ. އަދި އިތުރު 15 ގޯލްޑް އެވޯޑާއި، 14 އެެހެން އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފަ އެވެ.

އެވޯޑް ހާސިލް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތައް ހިމެނެ އެވެ.

ސަޓާ އެވޯޑުގައި މިއަހަރު 144 ދާއިރާއެއް ހިމެނުނުއިރު މީގެތެރޭގައި ހިމެނެނީ 51 ގޯލްޑް އެވޯޑާއި، 93 ސިލްވާ އެވޯޑެވެ.

ސަޓާ އެވޯޑު ދޭން ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އިންޑިއާ އިން ވަނީ ވާދަކޮށްފަ އެވެ.

އަށްވަނަ ސަޓާ އެވޯޑު ދިނުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވަފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ ގައެވެ.