ދުނިޔެ

މި ފަހަރު ނުހޮވިއްޖެ ނަމަ ދެން ކުރިމަތިނުލާނަން: ޓްރަމްޕް

އެމެރިކާގައި މި އަހަރު ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވެއްޖެ ނަމަ ދެން ދުވަހަކުވެސް ރިޔާސީ އިންތިޚާބެއްގައި ވާދަނުކުރައްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ރައީސްގެ އެއް ދައުރު -- ޖެނުއަރީ 20، 2017 - ޖެނުއަރީ 20، 2021 އަށް ފުރިހަމަކުރައްވާފަ އެވެ.

އެމެރިކާގެ ގާނޫން އޮންނަ ގޮތުން ރައީސްކަމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކަށް ހަތަރުު އަހަރުގެ ދެ ދައުރު -- މުޅިއެކު އަށް އަހަރު ވެރިކަމުގައި ހުންނެވެ އެވެ.

ނަމަވެސް، ޓްރަމްޕް ވަނީ ނޮވެމްބަރު 3، 2020 ގައި އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބުގައި ޖޯ ބައިޑަންއާ ވާދަކުރައްވައި ފޭލިވެވަޑައިގެންފަ އެވެ. މިހެންކަމުން ވެރިކަމުގައި ހުންނެވުމަށް ޓްރަމްޕަށް އަދި އެއް ދައުރު އެބަ އޮތެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ވާދަކުރައްވަނީ އޭނާގެ ދެވަނަ ދައުރަށެވެ. އޭނާ އަކީ ރިޕަލްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. މި އިންތިޚާބުގައި އޭނާއާ ވާދަކުރައްވާނީ ޑިމޮކްރެޓިކްގެ ކަމަލާ ހެރިސް އެވެ. ހެރިސް އަކީ މިހާރުގެ ނައިބު ރައީސް އެވެ.

މި އަހަރު އިންތިޚާބު ކަމަލާ ހެރިސް ކާމިޔާބުކުރައްވައިފި ނަމަ ޓްރަމްޕަށް ދެން އޮންނާނީ 2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުވެއްވުމެވެ. މިއީ އެކަށީގެވާ ގޮތެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއްގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫން ކަމަށެވެ.

ޓްރަޕްމް އަދި ވިދާޅުވީ މިއީ ފަހު ފަހަރު ކަމަށާއި ރިޔާސީ އިންތިޚާބުގައި ބައްދައިގަނެގެން ރައީސްގެ މަގާމަށް ވާދަކުރެއްވުން އެހާތަނުން ނިކޭނެ ކަމަށެވެ.