މޯލްޑިވްސް ޕޮލިސް ސާވިސް

ސްކޭމް މައްސަލަތަކާ ގުޅޭ 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދައިފި

މިއަހަރުގެ މިހާތަނަށް ސްކޭމް މައްސަލަތަކުގައި 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޗީފް ސުޕްރިޓެންޑަންޓް އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ޝިފާން ވިދާޅުވީ އަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި ފުލުހުން ވަނީ ސްކޭމް މައްސަލަތަކާ ގުޅިގެން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައި ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޭމް މައްސަލަތަކުގައި އެކަން ކުރާ މީހުންގެ ޝިކާރައަކަށް ވުމާއި އެމީހުންގެ އޮޅުވާލުމާއި މަކަރުގެ ޝިކާރައަށް އާންމުން އަދިވެސް ވެގެން ދިޔުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ސޯޝަލްމީޑިއާގެ ވަސީލަތްތަކުގައި ސްކޭމްތައް ހިންގާ އަދަދު ވަނީ ވަރަށް ބޮޑަަށް އިތުރުވެފަ އެވެ. އަދި އެކި ކުންފުނިތަކުގެ ނަމުގައި މީހުންނަށް ސްކޭމް ކޯލުތައް ކުރުންވެސް މިހާރު ވަނީ އާންމުވެފަ އެވެ.

މިފަދަ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންނާ ކަމާބެހޭ އިދާރާތަކުން އަންނަނީ ސްކޭމްތަކަށް ސަމާލުވުމަށާއި އެފަދަ މީހުންނާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް އާންމުކުރަމުންނެވެ.

ނަމަވެސް އެފަދަ މަކަރުތަކާއި ސްކޭމްކުރާ މީހުންގެ ޝިކާރައަކަށް ގިނަ ބަޔަކު ވެގެންދާ މަންޒަރު އަދިވެސް ފެންނަމުންދެ އެވެ.