ދިރާގު

ދިރާގަށް ފުރަތަމަ ދެ ކުއާޓާގައި 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް

ދިރާގަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ދިރާގުން އާންމުކުރި މާލީ ހިސާބުތަކުން އެނގޭ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ ޖުމްލަ 698.5 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓާގައި ލިބިފައިވަނީ 687.2 މިލިއަން ރުފިޔާ އެވެ. އެގޮތުން ދެ ކުއާޓަރުގައި ލިިބިފައިވާ ޖުމްލަ އާމްދަނީ އަކީ 1،385 މިލިއަން ރުފިޔާ އެވެ.

ދިރާގުގެ އާމްދަނީގެ ތަފްސީލް

  • މޯބައިލް ހިދުމަތްތައް - 735.7 މިލިއަން ރުފިޔާ
  • ފިކްސްޑް ބްރޯޑްބޭންޑް، ވިޔަފާރި - 607 މިލިއަން ރުފިޔާ
  • އެހެނިހެން ހިދުމަތްތައް - 42.2 މިލިއަން ރުފިޔާ

ދިރާގަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކުހަށް ދައްކާފައިވަނީ 73.5 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ އާމްދަނީގެ ހަ ޕަސަންޓެވެ.

ދިރާގަށް ފުރަތަމަ ކުއާޓަރުގައި ވަނީ އާމްދަނީގެ ތެރެއިން 218.1 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އަދި ދެވަނަ ކުއާޓަރުގައި ވަނީ 240.4 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ ޖުމްލަ 458.5 މިލިއަން ރުފިޔާގެ ފައިދާ އެކެވެ.