މޯލްޑިވްސް އިމިގްރޭޝަން

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހިފަހައްޓައިފި

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހިފަހައްޓައިފި އެވެ.

މީގެތެރެއިން އެކަކު ހިފެހެއްޓީ މީހަކު މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރު އިންޓަލިޖެންސް ޑިވިޝަނުން ހިފަހައްޓައިފިއެވެ.

މީހަކު މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރު އިންޓަލިޖެންސް ޑިވިޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ ޝަހުުސު އޮޅުވާލާއިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.

މިގޮތުން އެކަކު ހިފެހެއްޓީ ޖުލައި 31 ގައެވެ. އެއީ 25 އަހަރުގެ ފިރިހެނެކެވެ. ދެވަނަ މިހާ ހިފަހައްޓާފައިވަނީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހެވެ. އެއީ 23 އަހަރުގެ ފިރިހެނެކެވެ. ތިން ވަނަ މީހާ ހިފަހައްޓާފައިވަނީ އޮގަަސްޓް 18 ވަނަ ދުވަހެވެ. އެއީ 21 އަހަރުގެ ފިރިހެނެކެވެ.

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީން މީގެކުރިންވެސް ހުއްޓުވުމަށްފަހު އަނބުރާ ފޮނުވާލާފައިވެ އެވެ.