ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސްއަށް މަރުގެ އިންޒާރުދިނީ އަބްލޮރް މައިދް ޔޮސެފްގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހެކެވެ.
އޭނާ މި އިންޒާރުދިނީ އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވަމުން ގެންދަވާ ލައިވް ވީޑިއޯއަކަށް ކުރި ކޮމެންޓެއްގަ އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ފުލުހުން މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ރައީސްއަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.