މޯލްޑިވްސް ޕޮލިސް ސާވިސް

ސައްހަނޫން ސްލިޕް ބޭނުން ކުރާތީ ސަމާލުވާން އެދިއްޖެ

ފައިސާ ދެއްކިކަން ޔަގީންކޮށްދިނުމަށް ސައްހަ ނޫން ސްލިޕް ބޭނުން ކުރާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ މައްސަލަ އިތުރުވަމުންދާ ކަމަށާއި، އެފަދަ ސްލިޕް ހެދުމަށް ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކުރަމުންދާ ކަމަށް ތަހުގީގުތަކުން ފާހަގަވާ ކަމަށެވެ.

ހާއްސަކޮށް ރެސްޓޯރެންޓްތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް އެފަދަ ސްލިޕްތައް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުން މުހިއްމު ކަމަށެވެ.

"މިފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައިވެސް އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.