މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ދޯނިތަކުގައި ފިނިކުރާ ނިޒާމު ގާއިމުކުރަން ލޯނު ދޫކުރާނީ ރަހުނަކާ ނުލައި

މަސްވެރިންތަކެއް މަސްބާނަނީ -- ފޮޓޯ: މަސްވެރި އެމްވީ
0%
0%
0%

ފަންސާސް ފޫޓަށް ވުރެ ބޮޑެތި މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނި ކުރާ ނިޒާމު ގާއިމުކުރުމަށް ލޯނު ދޫކުރާނީ އެއްވެސް ރަހުނެއް ނުބަހައްޓާ ކަމަށް ފިޝަރީޒު މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒު މިނިސްޓްރީން ބުނީ ލޯނު ދޫކުރުމުގައި ބަލާނި މައިގަނޑު ދެ ޝަރުތަކަށް ކަމަށާއި، އެއީ ލޯނު ދޫކުރާ އުޅަނދުގައި 15 ޓަނުގެ މަސް ރައްކާކުރެވޭނެ ޖާގަ ހުރުމާއި އަދި 50 ފޫޓަށް ވުރެ އުޅަނދު ބޮޑުވުމެވެ.

ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނި ކުރުމުގެ ނިޒާމު ގާއިމުކުރުމަށް ލޯނު ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

އެސްޑީއެފްސީ އިން ބުނީ މުރާބަހާ އާރްއެސް ޑަބުލިޔޫ ސްކީމުގެ ދަށުން މައިގަނޑު ތިން ކަމަކަށް ލޯނު ދޫކުރާނެ ކަމަށެވެ. އެގޮތުން ލޯނު ދޫކުރަނީ މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި، މަސްވެރި އުޅަނދުގައި ބޭނުންކުރަން ޖެނެރޭޓަރު ސެޓް ގަތުމަށާއި އަދި މީގެ އިތުރުން އުޅަނދުގައި ހަރުކުރަން ސޯލަ ޕެނަލް ޕަވަ ސިސްޓަމް ގަތުމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިނިޒާމު ގާއިމުކުރަން ދޫކުރާ ލޯނުގެ ފައިދާ ހިސާބުކުރާނީ އަހަރަކު ފައިނޭންސިން ހަ އިންސައްތައިގެ ރޭޓުގައި ކަމަށާއި އަދި މިލޯނު ނެގޭނީ 10 އަހަރު ދުވަހުގެ މުއްދަތުގައި ދައްކާ ނިންމާ ގޮތަށް ކަމަށެވެ.

މިލޯނުގެ ގްރޭސް ޕީރިއަޑަކީ ހަމަސް ދުވަސް ކަަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910