ދުނިޔެ

ފަރަންސޭސިވިލާތަށް އޮތް އެންމެ ބޮޑު ނުރައްކަލީ ރަޝިއާ

ފަރަންސޭސިވިލާތުގެ ދިފާއީ ވަޒީރު ސެބާސްޓިއަން ލެކޮނޫ -- ފަރަންސޭސިވިލާތަށް އޮތް އެންމެ ބޮޑު ނުރައްކަލީ ރަޝިއާ ކަމަށް ވިދާޅުވި
0%
0%
100%

ރަޝިއާއާ މެދު ބެލެވެނީ ބޯހަރު ގައުމެއް ގޮތުގައި ކަމަށް ފަރަންސޭސިވިލާތުގެ ދިފާއީ ވަޒީރު ސެބާސްޓިއަން ލެކޮނޫ ވިދާޅުވެއްޖެ އެވެ.

ސެބާސްޓިއަން ވިދާޅުވި ގޮތުގައި ރަޝިއާއާ މެދު ދެކެން ޖެހެނީ އިދިކޮޅު ގައުމެއް ގޮތުގަ އެވެ. ފަރަންސޭސިވިލާތުން ގަބޫލުކުރާ ސިޔާސަތުތަކަށް ރަޝިއާ ފާޅުގައި ދެކޮޅުހެދުމުން ދޭހަކޮށްދެނީ ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަކީ މި ވަގުތު ކުރެވެން ނެތް ކަމެއް ކަމަށެވެ.

ފަރަންސޭސި މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގައި ދިފާއީ ވަޒީރު ވިދާޅުވި ޓެރަރިސްޓު ޖަމާއަތްތައް ނަގާފައި، ފަރަންސޭސިންނަށް އޮތް އެންމެ ބޮޑު ހާސްކަމަކީ ރަޝީއާ ކަމަށެވެ.

ރަޝިއާގެ ޖެއްސުންކުރުން ފާއިތުވި އަހަރަށް ވުރެ މި އަހަރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. ބައިނަލްއަގްވާމީ ގޮތުން ގައުމުތަކުގެ މެދުގައި ހުރި ޝައުގުވެރިކަމުގެ ތެރެއަށް ރަޝިއާ ވަދެގަންނަ ގޮތުން ޚިޔާލު ތަފާތުވެ މައްސަލަޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ އަކީ އަސްކަރީ ގޮތުން ވެސް ފަރަންސޭސިވިލާތަށް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްރިކާ ގައުމުތަކުގައި ފަރަަންސޭސި އަސްކަރިއްޔާ ގާއިމުވެ ތިބޭ ތިބުމަށް ވެސް ރަޝިއާ ނުފޫޒުފޯރުވާ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ. މަސްލަހަތު ފުށުއަރާ ސަަރަހައްދުތަކުގައި ފަރަންސޭސި ފައިޓަރު ޖެޓުތަކަށް ރަޝިއާއިން ބިރުދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ އަކީ ފަރަންސޭސިވިލާތާ ދެކޮޅަށް ސައިބާ ހަނގުރާމަކުރާ ގައުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ފަރަންސޭސި މުއައްސަސާތަކަށް ރަޝިއާ ހެކަރުން ވަރަށް ބޮޑަށް ޖެއްސުންކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަރަންސޭސިންނަށް ވެގެން އުޅޭ ގޮތަކީ ވަކި އިމެއް ނެތި ރަޝިއާއާ މާބޮޑަށް ކައިރިވުމެވެ.

ކަޅު ކަނޑުގައި އަދި ޔުކްރޭން ސަރަހައްދުގައި ދަތުރުކުރާ ފަރަންސޭސި ފައިޓަރު ޖެޓުތަކަށް ރަޝިއާގެ ފައިޓަރު ޖެޓުތައް ޖެއްސުންކުރާ ވާހަކަ އަކީ ޔުކްރޭން ހަނގުރާމައިގެ ކުރިންވެސް ދެކެވޭ ވާހަކަތަކެވެ.

ނޭޓޯ ގައުމުތަކުން ރަޝިއާއާ މާ ކައިރިވާ ނަމަ އަސްކަރީ ޖެޓުތަކުން ހުރަސްއަޅާނެ ކަމަށް ރަޝިއާ އޮތީ ކުރިންވެސް ބުނެފަ އެވެ. އަނެއްކޮޅުން ނޭޓޯ ސިފައިން ޔުކްރޭންގައި އަސްކަރީ މަރުކަޒު ހަދައި ރަޝިއާއަށް ޖާސޫސްކުރާ ނަމަ، އެކަމަށް ވެސް ހުރަސްއަޅާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910