ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައަކާ ބަންގްލަދޭޝްގެ މީހަކު ހޯދަން ފަށައިފި އެވެ.
ފުލުުން ފޮޓޯ އާންމުކޮށްފައިވާ މީހާއާ ގުޅޭގޮތުން ފުލުހުން ބުނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ބަހާރު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ނުފެނިފައިވާ މީހެއް ކަމަށެވެ.
އެމީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށެވެ.