އަލީ ރަމީޒުގެ ޔޫޓިއުބު ޗެނަލް ހެކްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަލީ ރަމީޒު ވަނީ އޭނާގެ ޔޫޓިއުބް ޗެނަލް ރިކަވާ ކުރުމަށް އާއްމުންގެ އެހީތެރި ކަމަށްވެސް އެދިފަ އެވެ.
މިއުޒިކު ކުޅުމާ ދުރަށް ދިއުމަށްފަހު އަލީ ރަމީޒު ގެންދަނީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އޭނާގެ އެ މަސައްކަތްތައްވެސް އާންމުންގެ ގިނަ ބަޔަކު ބަލައިގެންފައިވެ އެވެ.
އަލީ ރަމީޒު ގެންދަނީ އަމިއްލަ ޓީވީ ޗެނަލެއްގައިވެސް ދީނީ މައުލޫމާތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.