ސީރިޔާ

އައިއެސްގެ ހަމަލާތަކެއްގައި އިރާގުގެ 47 ސިފައިން މަރުވެއްޖެ

އައިއެސް އިން ދިން ހަމަލާތަކެއްގައި އިރާގުގެ 47 ސިފައިން މަރުވެއްޖެ އެވެ. މި ހަމަލާތައް ދިނީ އިރާގުގެ ރަމާދީ ކައިރީގަ އެވެ.

ޖާނުން ފިދާވުމުގެ މި ހަމަލާތައް ދީފައިވަނީ އިރާގުގެ މިލިޓަރީ ބެރެކްސް ތަކަކަށް ހަމަލާތަކެއް ދިން ތާ ގަޑިއިރުތަކެއް ފަހުންނެވެ. ލަފާކުރެވޭ ގޮތުގައި ރަމާދީ ކައިރީގައި އައިއެސް އިން ދިން އެ ހަމަލާތަކުގައި 47 ސިފައިން މަރުވި އެވެ.

އިއްޔެ ރޭގެ ދަން ވަގުތެއްގައި އައި އެސްއިން ފެށި ހަމަލާތަކުގައި އައިއެސްގެ ހަނގުރާމަވެރިންގެ ތެރެއިން ހަނގުރާމަވެރިއެއް މަރުވެފައިވާ ކަމަށް ނުވަތަ ޒަހަމްވި ކަމެއް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އިރާގުގެ ސިފައިންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ނަމަވެސް އާންމު ރައްޔިތަކަށް އަނިޔާވި ކަމެއް ސާފެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި އިރާގުގެ ސިފައިންވަނީ އައިއެސް އަތުން ރަމާދީ ހިފައި އައިއެސް ގެ ހަނގުރާމަވެރިން އެ ސަރަހައްދުން ފައްސާލަފައެވެ. އަލުން އަނބުރާ ރަމާދީ އައިއެސްގެ އަތް ދަށަށް ގެންދަން އައިއެސްއިން ވަނީ ހަމަލާތަކެއް ދީފައެވެ.