އިންގެލޭންޑް

ކޯލް ޕާމާ އިނގިރޭސިވިލާތުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި ކުޅުންތެރިޔާ، 22 އަހަރުގެ ޒުވާން ފޯވާޑް ކޯލް ޕާމާ
0%
0%
0%

އިނގިރޭސިވިލާތުގެ އާންމުންގެ މެދުގައި ނެގުނު ވޯޓަކުން ޗެލްސީގެ 22 އަހަރުގެ ފޯވާޑް ކޯލް ޕާމާ ވަނީ ގައުމުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ހޮވިފަ އެވެ.

ޕާމާއާ އެންމެ ކައިރިން ވާދަކުރި ކުޅުންތެރިންނަކީ ޖޫޑް ބެލިންހަމް އާއި ބުކަޔޯ ސަކާ އެވެ. ފާއިތުވި ދެ އަހަރު މި މަގާމު ހޯދާފައިވަނީ ބުކަޔޯ ސަކާ އެވެ.

ޕާމާ އިނގިރޭސި ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މޯލްޓާއާ ދެކޮޅަށެވެ. މި މެޗުން އިނގިރޭސިވިލާތް 2-0 އިން މޮޅުވި އެވެ.

މިހާތަނަށް ގައުމީ ޓީމަށް 9 މެޗު ކުޅެ 2 ލަނޑު ޖަހާފައިވާ ޕާމާގެ އެއް ލަނޑަކީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ޖެހި ލަނޑެވެ. ނަމަވެސް އެ މެޗުން އިނގިރޭސިވިލާތް 2-1 އިން ބަލިވި އެވެ.

ޗެލްސީގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުންދާ ޕާމާއަށް މި އެވޯޑުގެ އިތުރުން ޕީއެފްއޭ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ލިބިފައިވެ އެވެ. ފާއިތުވި ސީޒަނުގައި އޭނާ ވަނީ 25 ލަނޑު ޖަހާފަ އެވެ.

ދެހާސް ދިހަވަނަ އަހަރުން ފެށިގެން ޗެލްސީގެ ކުޅުންތެރިޔަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރަކީ މިއީ އެވެ. އޭރު މި ޝަރަފު ލިބުނީ އެޝްލީ ކޯލް އަށެވެ. އޭގެ ކުރިން ފްރޭންކް ލެމްޕާޑް ވަނީ ދެ ފަހަރު މި އެވޯޑު ހޯދާފަ އެވެ. މީގެ އިތުރުން ވޭން ރޫނީ، ޑޭވިޑް ބެކަމް، ހެރީ ކޭން އަދި ސްޓީވަން ޖެރާޑްވެސް ވަނީ މި މަގާމަށް ކުރިން ހޮވިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910