މެންޗެސްޓާ ޔުނައިޓެޑް

ލޯނު އެއްބަސްވުމެއްގައި ރެޝްފޯޑު އެސްޓަން ވިލާއަށް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ދިޔަ އިނގިރޭސިވިލާތުގެ ފޯވާޑް މާކަސް ރެޝްފޯޑް ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ބަދަލުވެއްހެ އެވެ.

އުމުރުން 27 އަހަރުގެ ރަޝްފޯޑްއާ އެކު ވެވުނު އެއްބަސްވުމުގައި، މުސްތަގުބަލްގައި އާއްމު ކޮންޓްރެކްޓަކަށް ބަދަލުވުމުގެ މާއްދާއެއް ވަނީ ހިމަނާފަ އެވެ.

ލޯން އެއްބަސްވުމުގެ ދަށުން، ރެޝްފޯޑަށް އޭނާގެ މުސާރައިގެ 70 ޕަސެންޓް ލިބޭނެ އެވެ. މި އަދަދު ދައްކާނީ އެސްޓަން ވިލާއިންނެވެ. އަނެއް 30 ޕަސެންޓް ދޭނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

ރެޝްފޯޑު ބުނީ މިއީ އަލަށް ޗެލެންޖެއް ނަގަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އޭނާއަށް މި ފުރުސަތު ހޯދައިދިނީތީވެ މެންޗެސްޓާ ޔުނައިޓެޑްގެ އިސް ވެރިންނާއި އެސްޓަން ވިލާއަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ރެޝްފޯޑު ވިލާއަށް ބަދަލުވުމުގެ މައިގަނޑު ސަބަބަކީކޯޗު އަމޮރިމްގެ ޕްލޭނުގައި ނުހިމެނެތީ، ޑިސެމްބަރު މަހުން ފެށިގެން މެންޗެސްޓާ ޔުނައިޓެޑްގައި ރެޝްފޯޑަށް މެޗުތަކުން ފުރުސަތު ނުލިބުމެވެ.