އުރީދޫ

އުރީދޫއިން ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފި

އުރީދޫ މޯލްޑިވްސްގެ އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމަށް ސީނިއާ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންނާއި ޕާޓްނަރުންނާއި ބައްދަލުކުރުމަށް ނިކުމެއްޖެ އެވެ.

އޫރީދު މޯލްޑިވްސް އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކުރީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

އުރީދޫގެ އަގުހުރި ކަސްޓަމަަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސީނިއާ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ވަނީ ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ދެނެގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރު ފިހާރަތަކަށާއި އޫރިދޫގެ އެކި ހިދުމަތް ދޭ ތަންތަނަށް ޒިޔާރަތްކޮށްފަ އެވެ.

ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދީ، ހޭންޑްސް އޮން ސޮލިއުޝަންތައް ހުށަހަޅައި، ބޭނުންކުރާ ފަރާތްތަކުގެ އަގުހުރި ފީޑްބެކް ތައް އަޑުއަހާފައިވެއެވެ.

އޭގެ އިތުރުން ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އަމިއްލަ މުއާމަލާތްތައް މެދުވެރިކޮށް ވެސް ކަސްޓަމަރުންނާ ގުޅުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ސީއީއޯ ހާލިދުގެ އެންގޭޖްމަންޓުން ވަނީ ފާހަގަކޮށްފަ އެވެ.

ކަސްޓަމަރުންގެ ދުވަހުގެ މުނާސަބުގައި އުރީދޫގެ ސީނިއާ މެނޭޖްމަންޓާއި ޑިޕާޓްމަންޓްގެ އިސް ވެރިން ހިމެނޭ ގޮތަށް އޫރީދޫގެ ޓީމުން ވަނީ އެކި ވަގުތުތަކުގައި އޫރީދޫގެ ގިނަ އައުޓްލެޓްތަކަށް ޒިޔާރަތްކޮށް ކަސްޓަމަރުންނާ ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް ގެންގޮސްދިނުން ކަށަވަރުކޮށްފަ އެވެ.

އެގޮތުން ފީޑްބެކް އަޑުއަހައި، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، އުރީދޫގެ ބިޒްނަސް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ އާ ގޮތްތައް ދެނެގަތުމުގެ މަސައްކަތްކޮށްފައިވެ އެވެ.

އުރީދޫގެ ކަސްޓަމާ ޑޭ އިނީޝިއޭޓިވްގެ ސަބަބުން ކަސްޓަމަރުންނާއި ޕާޓްނަރުންނާ އެކު ގާތް ގުޅުމެއް ބާއްވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށްދެ އެވެ.

ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ފްރަންޓްލައިންއިން ސީދާ މައުލޫމާތު އެއްކޮށްގެން، އުރީދޫގެ އަމާޒަކީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކޮށް، މުޖުތަމައުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.